ސައުދީ ޝާހީ ގަނޑުވަރު ކައިރީގައި އެރުވި ޑްރޯނެއް ބަޑި ޖަހާ ވައްޓާލައިފި

ސައުދީ ރަސްގެފާނު ސަލްމާންގެ ގަނޑުވަރު ކައިރީގައި އެރުވި ޑްރޯނަކަށް ބަޑި ޖަހާ ވައްޓާލައިފިއެވެ.
 Dhiraagu
އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ކުލެން ބޭނުން ކުރާ އެ ޑްރޯނަށް ބަޑި ޖަހާ ވައްޓާލީ ގަނޑުވަރާ މާ ކައިރިއަށް ދިއުމުންނެވެ.

ގަނޑުވަރު ކައިރީގައި ބަޑި ޖަހާ އަޑު އިވުމުން ސޯޝަލް މީޑިއާގައި އެކި ގޮތް ގޮތަށް ރޭ ހަބަރު ފެތުރިފައިވެއެވެ. ބައެއް މީހުން ބަޔަކު ގަނޑުވަރަށް ހަމަލާދޭން އުޅުނީ ކަމަށް ވެސް ބުނެފައިވެއެވެ.

އެސަރަހައްދުގައި ޑްރޯންއެއް އެރުވި މައްސަލަ ސައުދީ ފުލުހުން ތަހުގީގު ކުރަމުންދާ އިރު ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި ޑްރޯން އެރުވި ގަޑީގައި ރަސްގެފާނު ގަނޑުވަރުގައި ވަޑައިގެން ނޫޅުއްވައެވެ.

ޝަހީ ގަނޑުވަރަށް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާ ދީފައިވެއެވެ. އެ ހަމަލާ ދިން މީހާ މަރާ؛ލުމުގެ ކުރިން އޭނާ ވަނީ ދެ ސެކިއުރިޓީ ގާޑަކު މަރާލާ އިތުރު ތިން މީހަކު ޒަހަމުކޮށްލާފައެވެ.