ޖޫން މަހު ތުރުކީ ކުއްލި އިންތިހާބަކަށް

ޖޫން މަހުގެ 24 ވަނަ ދުވަހު ތުރުކީގައި ކުއްލި އާއްމު އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވަން އިއުލާންކޮށްފިއެވެ.
 muni
ޖޫން 24 އައުމަށް ދެމަހަށް ވެފައިވަނިކޮށް އިންތިހާބު ބާއްވަން ކުއްލިއަކަށް އިއުލާންކޮށްފައި މިވަނީ ރައީސް ތައްޔިބު އުރުދުޣާންނަށް ތާއީދު ކުރާ ބައެއް ސިޔާސީ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.އަވަސް އިންތިހާބަކަށް ދިއުމަށް ނިންމެވިކަން އިއުލާން ކުރައްވާ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އުރުދުޣާންވަނީ އެގޮތަށް ނިންމެވީ ނެޝަނަލިސްޓް އެމްއެޗްޕީ ޕާޓީއާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

ތުރުކީގެ ވެރިކަން 2002 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވާ އުރުދުޣާންވަނީ ވެރިކަމުގެ ބާރުތައް މިދިޔަ އަހަރު އިތުރަށް ވަރުގަދަ ކުރައްވާފައެވެ. އުރުދުޣާންވަނީ ވެރިކަން ވައްޓާލަން ރޭވި ބަޣާވާތެއް ނާކާމިޔާބު ކޮށްލައްވާފައެވެ.

ނެޝަނަލިސްޓް އެމްއެޗްޕީ ޕާޓީން ކުރިއަށް އޮތް އާއްމު އިންތިހާބުގައި އުރުދުޣާންގެ އޭކޭ ޕާޓީއާއި ކޯލިCަން ހަދާނެ ކަމަށް ސިޔާސީ މުފައްކިރުންދަނީ ވިދާޅުވަމުންނެވެ.

އުރުދުޣާންވަނީ 2014 ވަނަ އަހަރު ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވުމުގެ ކުރިން 11 އަހަރު ބޮޑު ވަޒީރުކަން ކުރައްވާފައެވެ.