ކޮވެލި ކޮލަމް: ކަލާއެވެ.

ހިތާ އެންމެ ކައިރީ، އަދި އެންމެ ޚާއްޞައީ ކަލާއެވެ.

އަހަރެންގެ ދިރިހުރުމުގެ، އަދި މަރުވުމުގެ އިޙްސާސް އަކީ ކަލާއެވެ.

އަހަރެންގެ ޙަޔާތުގެ ހަނަފަސް ސަހަރާއަށް ފުރަތަމަ ވެހުނު ވާރެއަކީ ކަލާއެވެ.

ފެންބުއިމުން ވެސް ނުފިލާ ކަރުހިއްކުމަކީ ކަލާއެވެ.

މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ހެވެ. ކަލާންގެއާ ކުއްތަންވުން ފަދައީ ވެސް ފެނުން ކަލާއެވެ.

ކަލާ ފެނިއްޖެނަމަ ދުވަސް ފެށިއްޖެއެވެ. ކަލާ ނައައަންނަ ނަމަ ދުވަސް ގެއްލިއްޖެ އެވެ.

ކަލާ ހިނުތުންވެލައިފިނަމަ ސާދަވިލޭރޭގެ ހަނދެވެ. ކަލާ ހިތާމަވެރިވެއްޖެ ނަމަ ހުޅެވިހަނދެވެ.

ކަލާ އާ ބައްދަލުވެއްޖެނަމަ އެއީ ފައްވާރާތައް އެކަތި އަނެކައްޗާ ބައްދަލުވުމެވެ.

ކަލާ އާ އަހަރެން ވަކިވެއްޖެނަމަ އެއީ އިޙްސާސްތަކުގެ ހަނގުރާމަ އެވެ.

އަހަރެންގެ ލަފްޒުތަކުގެ ހަނި ދާއިރާގައި އަހަންނަށް އޮޅުންނުފިލާ ކަމެއްވެއެވެ.

ކަލާނގެ ކުޅަދުންވަންތަކަމުގެ މިސާލަކީ ކަލާއެވެ.