މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ގިނަ ޝަރަފުތައް ދުބާއީއަށް

މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އެވޯޑުތައް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އާއި އެ އިއްތިހާދުގައި ހިމެނޭ ދުބާއީއިން ރޭ ގެންގޮސްފިއެވެ.

ރޭ ޔޫއޭއީގެ ރަސް އަލް ޚައިމާގައި ވަނީ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ މެދުއިރުމަތީގެ ސަރަހައްދީ ގާލާ ބާއްވާފައެވެ.

މެދު އިރުމަތީގެ ލީޑިންގް އެއާލައިނުގެ އެވޯޑު، ލީޑިންގް އެއާލައިން ބްރޭންޑް އަދި ލީޑިންގް ކެބިން ކްރޫގެ އެވޯޑު ލިބުނީ ދުބާއީގެ އެމިރޭޓްސް އެއާލައިނަށެވެ.

ސަރަހައްދުގެ ލީޑިންގް އެއާޕޯޓުގެ އެވޯޑު ލިބުނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަދި ސަރަހައްދުގެ ލީޑިންގް ޑެސްޓިނޭޝަނަކަށްވެސް ދުބާއީ ހޮވުނު އިރު، ސަރަހައްދުގެ ލީޑިންގް ލަގްޒަރީ ހޮޓެލް ބްރޭންޑަކަށް ހޮވުނީ ދުބާއީގެ ޖުމެއިރާ ބްރޭންޑެވެ.

އެ ގާލާގައި މެދު އިރުމަތީގެ ގައުމުތަކުގެ ފެންވަރުގައި އެވޯޑު ދީފައިވެއެވެ. އެގޮތުން ބަހްރައިން، އިރާނު، އިރާގު، އުރުދުން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ޔަމަނުން، އެކި ދާއިރާތަކުން ފާހަގަކުރެވޭ އެންމެ މަގުބޫލު ޕްރޮޕަޓީތަކަށް އެވޯޑު ދިނެވެ.

ފާހަގަކޮށްލެވޭ ބައެއް އެވޯޑުތައް:

 • ލީޑިންގް އެއާލައިން: އެމިރޭޓްސް
 • ލީޑިންގް އެއާޕޯޓު: ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު
 • ލީޑިންގް ބިޒްނަސް ޓްރެވަލް ޑެސްޓިނޭޝަން: ރިޔާދު، ސައުދީ އަރަބިއްޔާ
 • ލީޑިންގް ޑެސްޓިނޭޝަން: ދުބާއީ
 • ލީޑިންގް ހޮޓެލް: އަރްމާނީ ހޮޓެލް، ދުބާއީ
 • ލީޑިންގް ލަގްޒަރީ ހޮޓެލް ބްރޭންޑް: ޖުމެއިރާ
 • ލީދިންގް ރިސޯޓު: އެޓްލާންޓިސް ދަ ޕާމް، ދުބާއީ
 • ލީޑިންގް އޯލް ސުއީޓް ހޮޓެލް: ބުރުޖު އަލް އަރަބް ޖުމެއިރާ، ދުބާއީ
 • ލީޑިންގް ބީޗު ޑެސްޓިނޭޝަން: ސާދިޔާތު އައިލެންޑް، އަބޫ ދާބީ
 • ލީޑިންގް ޓްރެވަލް އޭޖެންސީ: ރީޖެންސީ ޓްރެވަލް އެންޑް ޓުއާސް، ގަތަރު
 • ލީޑިންގް ނިއު ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް: މުސްކަޓް އިންޓަނޭޝަނަލް އެއާޕޯޓު، އޮމާން
 • ލީޑިންގް އެއަލައިން – ބިޒްނަސް ކްލާސް: އޮމާން އެއާ

މަސްދަރު: ސަން.އެމްވީ