އައްޑޫ އިރުދެކުނުން އުފެދިފައިވާ ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެ: މެޓް

އައްޑު ސިޓީގެ އިރު ދެކުނުން، ގާތްގަނޑަކަށް 3000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ތޫފާން “ފްލެމްބޮޔަން”ގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށް އުދައަރާފާނެ ކަމަށް ލަފާކޮށް ސަމާލުވާން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓްރިއަލޮޖިކަލް ސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ތޫފާނުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް އަސަރު ކުރާނެ ކަމަށެވެ.

އެގޮތުން ރައްޖޭގެ ދެކުނުގެ އެކި ހިސާބަށް އުދައެރުން އެކަށީގެންވާ ކަމަށާއި އަދި މި ސަބަބަށްޓަކައި ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ރާއްޖޭގެ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ގަޑިތައް:

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި ތޫފާނެއް އުފެދިފައިވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ  އަދި ބައެއް ރައްތަކަށް އުދަވެސް އަރާފައި ވެއެވެ.