އައްޑޫ އިރުދެކުނުން އުފެދިފައިވާ ތޫފާނުގެ ބާރު ދަށްވެއްޖެ: މެޓް

އައްޑު ސިޓީގެ އިރު ދެކުނުން، ގާތްގަނޑަކަށް 3000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ތޫފާން “ފްލެމްބޮޔަން”ގެ ބާރު މިހާރު ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޯލްޑިވްސް މީޓްރިއަލޮޖިކަލް ސެންޓަރުން މިއަދު ބުނެފައިވަނީ އެތޫފާނުގެ އަސަރު ދަށްވެފައި ވީނަމަވެސް ދެކުނުގެ ސަރަހައްދުތަކަށް ބާނި ބޮޑުވާނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ގަޑިތައް:

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި ތޫފާނެއް އުފެދިފައިވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ  އަދި ބައެއް ރައްތަކަށް އުދަވެސް އަރާފައި ވެއެވެ. އަދި މި ތޫފާނަކީ މިވަގުތު ދުނިޔޭގައި ދައުރުވަމުންދާ “އެންމެ ބާރުގަދަ” ތޫފާން ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިންވެސްވަނީ ބެނެފަ އެވެ.