އައްޑޫ ސިޓީ ހުޅުދޫ އަވަށަށް ޑްރައިވަރެއް ބޭނުން

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ހުޅުދޫ އަވަށުއޮފީހަށް ޑްރައިވަރަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލްއިން ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު އާއްމު ކޮށްފައިވާ ވަޒީފާގެ ފުރުސަތު އިޢުލާނުގައި ބުނާގޮތުން މިމަގާމަށް ބޭނުންވަނީ އެއްމެ ޑްރައިވަރަކެވެ. މަގާމުގެ މަސްއޫލިއްޔަތަކީ، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހުގެ ވެހިކަލްތައް ދޮވެ ސާފުކުރުމާއި، ވެހިކަލްތަކުގައި ކުރަންޖެހޭ މަރާމާތުތައް ބަލައި ސުޕަރވައިޒަރަށް އެންގުމާއި، ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އޮފީހުން ހަވާލުކުރެވޭ ދަތުރުތަށް އޮފީހުން އަންގާ ގޮތެއްގެ މަތިން  ކުރުން ކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ.

މިމަގާމުގެ މުސާރައަކީ މަހަކު 3470 ރުފިޔާގެ އިތުރުން ސާވިސް އެލަވަންސް 1000 ރުފިޔާ އަދި އެހެނިހެން އެލަވަންސްގެ ގޮތުގައި 1200 ރުފިޔާ އެވެ. އެއީ މަހަކަށް ޖުމުލަ 5670 ރުފިޔާ އެވެ. މަގާމުގެ ޝަރުތުތަކަކީ، މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް (ކެޓަގަރީ B1 އިން މަތީގެ ލައިސަންސް)/ ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން ކަމުގައި އިއުލާނުގައި ބެނެއެވެ.

އެއިއުލާނުގައި ބުނެފައި ގޮތުން މަޤާމަށް އެދެންވީގޮތާއި ސުންގަޑި ތަރީގައި އެވަނީއެވެ. އެހެންކަމުން މިވަޒީފާއަށް އެދިލައްވަން ބޭނުންވާ ބޭފުޅުން ވީހާވެސް އަވަހަށް ވަޒީފާއަށް ކުރިމަތި ލައްވާށެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމް ލިބެން ހުންނާނެއެވެ. އަދި އެ އިދާރާގެ ވެބްސައިޓުން.(adducity.gov.mv)  ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަން ޖެހޭނީ 14 މޭ 2018 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން ހުޅުދޫ އަވަށު އޮފީހަށް ނުވަތަ އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އެއިދާރާއިން ބަލައިން ގަނެވޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އީ-މެއިލް އެޑްރެހަކީ،  hr@adducity.gov.mv އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަނާޅާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.