“ދަ ބްލޫސް” ޕިކްނިކް ޕެކޭޖް ހަމަ ސަޅި!

ފޭދޫ ލިންކްރޯޑުގައި އަލަށް ހުޅުވި "ދަ ބްލޫސް" ރެސްޓޯރަންޓް - ފޮޓޯ: ދަ ބްލޫސް

މިފަހަރުގެ ސްކޫލު ޗުއްޓީއާއި ދިމާކޮށް ދަތުރު ޕެކޭޖްގެ ނަމުގައި “ދަ ބްލޫސް” ރެސްޓޯރަންޓުން ޚާއްސާ ޓޭކްއަވޭއެއް ތަޢާރަފު ކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫ ލިންކްރޯޑުގައި އަލަށް ހުޅުވި “ދަ ބްލޫސް” ރެސްޓޯރަންޓުން ޕިކްނިކް ދާ މީހުންނަށް ޚާއްސަކޮށްގެން ތަޢާރަފު ކުރި ޕެކޭޖަކީ ދަތުރުދާ މީހުންނަށް ފަސޭހަ ކަމާއިއެކު މީރު ކާއެއްޗެހި ލިބޭގޮތަށް ތަޢާރަފްކުރި ވަރަށް ރަނގަޅު ޕެކޭޖަކެވެ. މި ޕެކޭޖުގައި ހިމެނެނީ ޚާއްސަ ކުރެވޭ ހަތަރު ވައްތަރުގެ ކާއެއްޗިސެވެ. އޭގެއިން ކޮންމެ ގްރޫޕަކަށްވެސް ނެގެނީ ތިން ވައްތަރުގެ ކާއެއްޗިއްސެވެ.

މިދަތުރު ޕެކޭޖުގެ އަގުތަކަކީ: ދިހަ މީހުންގެ ގްރޫޕަކަށް 650 ރުފިޔާ، ފަނަރަ މީހުންގެ ގްރޫޕަކަށް 950 ރުފިޔާ އަދި 20 މީހުންގެ ގްރޫޕަކަށް 1200 ރުފިޔާއެވެ. ހަމަ އެކަނި ޓޭކްއަވޭ ކުރެވޭ ގޮތަށް “ދަ ބްލޫސް” އިން ތައާރަފު ކުރި މި ދަތުރު ޕެކޭޖަށް އޯޑަރު ދޭން ޖެހެނީ 6 ގަޑިއިރު ކުރިންނެވެ. އެރެސްޓޯރަންޓުން މަޢުލޫމާތު ދޭގޮތުގައި ސްޓޭންޑަޑް މިންގަނޑަކީ 6 ގަޑިއިރު ނަމަވެސް 4 ގަޑި ކުރިން އޯޑަރު ދެއްވި ކަމުގައިވިޔަސް ކާއެއްޗެހި ތައްޔާރު ކުރެވޭނެ ކަމަށެވެ.

މި ޕެކޭޖްގައި ހިމެނޭ ކާއެއްޗިއްސަކީ ނާސި ގޮރެން، ބިރިޔާނީ، ކޮއްތު ރޮށި އަދި ސޭންޑްވިޗް އެވެ. މީގެ އިތުރުން ކޯކާއި ފެނާއި އަދި ދުފާއެއްޗެހިވެސް ލިބެއެވެ. ޕިކްނިކްގައި ފަސޭހަ ކަމާއި އަދި ސާފުތާހިރު ކަމާއެކު ކާލެވޭނެ ގޮތަށް ޕްކް ކުރެވިފައިވާ ޑިސްޕޮސިބްލް ކަޓްލަރީއާއި ޑިސްޕޮސިބްލް ފެންބޯތަށިވެސް ލިބެއެވެ.

މީގެ އިތުރުން މިޕެކެޖާއެކު ކުނިއަޅާނެ ޑަސްބިން ކޮތަޅެއް ލިބެއެވެ. މީކޮތަޅުގެ ބޭނުމަކީ އައްޑޫ ސިޓީގެ ޕިކްނިކްދާ ހުރިހާ ސަރަހައްދެއް އަބަދުވެސް ސާފު ތާހިރުކޮށް ބޭއްވުމުގެ ބޭނުމުގައެވެ. “ދަ ބްލޫސް” އިން އެދެނީ ކޮންމެ ގްރޫޕަކުން ވެސް ކުނިތައް އެކޮތަޅަށް އެޅުމަށްފަހު ކުނިޖަމާ ކުރަން ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ ތަނެއްގައި ބެހެއްޓުމަށެވެ.

“ދަ ބްލޫސް” ގެ ޑެލިވެރީ މެނޫ

ޖަޒީރާވަންތަ ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިއްމާއެއް ކަމުގައި ހައްދަވާށެވެ. “ދަ ބްލޫސް” އިން ތަޢާރަފުކުރި ދަތުރު ޕެކާޖާއެކު ލިބޭ ޑަސްބިން ކޮތަޅަށް ހުރިހާ ކުންޏެއް އަޅާ، ދަތުރުދާ ހުރިހާ ސަރަހައްދެއް ސާފުކޮށް ބާއްވާށެވެ.

މިޗުއްޓީގައި ޕިކްނިކް ދަތުރު ރޭވުމަށް މިހާރު ކެއްކުމުގެ ފިކުރު ކުރުން ހުއްޓާލަންވީއެވެ. އަވަހަށް “ދަ ބްލޫސް” ގެ 7217997 އަށް ގުޅުއްވާ އޯޑަރު ދެއްވާށެވެ. އޯޑަރު ތައްޔާރުވެ، އެތަނުން ގުޅާލުމުން ދުރުވެ ޓޭކަވޭ ކޮށްލަންވީއެވެ. ފަސޭކަމާއެކު ރަހަމީރު ކެއުން ހޯއްދެވުމަށް “ދަ ބްލޫސް” ޚިޔާރުކުރައްވާށެވެ.

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "“ދަ ބްލޫސް” ޕިކްނިކް ޕެކޭޖް ހަމަ ސަޅި!"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*