ރަސްމީ ދަތުރުފުޅެއްގައި މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ޑރ. ހާތިމް އަލް މަރްޒުކީ ރާއްޖެ ވަޑައިގެންފި އެވެ.
މަދީނާ ޔުނިވަސިޓީގެ ރައީސްގެ މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމިނާއި އިސްލާމިކް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ގައުމީ ޔުނިވާސިޓީ އާއި އަރަބިއްޔާ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
މީގެ އިތުރުން މަދީނާ އިސްލާމިކް ޔުނިވާސިޓީގައި ތައުލީމު ހާސިލްކޮށްފައިވާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާ އިސްލާމިކް ޔުނިވަސިޓީ އާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފަ އެވެ.
އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް މީގެ ކުރީން ވިދާޅުވެފައިވަނީ މިއެއްބަސްވުން ވެގެންދާނީ އަރަބި އިސްލާމީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީއާއެކު ރާއްޖޭގެ ޔުނިވާސިޓީއަކުން ގާއިމްކުރާ ފުރަތަމަ އެއްބަސްވުމަށް ކަމަށެވެ
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދައުވަތަކަށް، ހާތިމް ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސައުދީ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރު މަޓްރެކް އަބްދުﷲ އަލްޑޮސަރީ އެވެ.
މަސްދަރު: ވީނިއުސް