|
Last Updated: Feb 10th, 2008 - 00:49:39 |
News
:
Local News
Election - Airport Reps Association of Maldives
Lets change!
VOTE for Change!
VOTE for Battey!
Vote for Candidate no: 17 urwbcmwn cTEDiDcnek
Ahmed Waheed AK
for
Vice President of ARAM
Hotline: 00960 778 6005 (maldives)
Hotline: 001364986005 (usa)
Feb 29, 2008, 00:05
News
:
World News
Islamic extremism in the Maldives: Is Gayyoom the cause?
As the Maldives sinks deeper into political turmoil with President Mamoon Abdul Gayoom and his political opponents engaged in a bitter clash over reforms, the country is also witnessing the emergence of Islamic extremism. (read more)
Feb 3, 2008, 07:41
News
:
Local News
މައުމޫނު އަވަހަށް އިސްތިއުފާ ދެއްވާށެވެ.
އެއްވެސް ކަމެއްގައި މުޖްތަމަޢްގެ މަސްލަހަތަށްވުރެ އަމިއްލަމަސްލަހަތާއި¡ އަމިއްލައެދުން އިސްކުރެވިއްޖެއްޔާ
ގިނަފަހަރު ހެދޭނީ ގޯހެވެ. މަޝްހޫރު ފިލޯސަފާރ ބައިދަބާ ކަލީލާ ވަދިމްނާގެ މުގައްދިމާގައި ލިޔެފއިވެއެވެ. އިންސާނާއަކީ މުއައްސިލެކެވެ. އޭނާއަށް ވާޖިބްވެގެންވަނީ އޭނާގެ ބައި އަދާކުރުމެވެ. އެއީ ޙައްގު ބަޔަކަށްވިސް ނުޙައްގުބަޔަކަށްވިއަސްވަރިހަމައެވެ. އަޅުގަނޑުމެންނަކީވެސް މިފަދަ ވިސްނުމާއި ޚިޔާލަށް
ކަންތަށްކުރާބަޔަކަށް ވެއްޖިއްޔާ އަޅުގަނޑުމެންގެ މިކުޑަ މުޖްތަމަޢް އޮންނާނީ ކިހިނެއްތޯއެވެ¿
އާދެ! މުޅި ރާއްޖެވެސް ގޮވަމުން މިދަނި ބަދަލަކަށް ބޭނުންވާ ވާހަކައެވެ. ގައުމުގެ ކަންތަށް އިޚލާސްތެރިކަމާއިއެކު ކޮށްދޭނޭބަޔަކުބޭނުންވާވާހަކައެވެ. ރައްކާތެރިކަމާއި¡ އަމާންކަމާއި އެކު ދިރިއުޅެވޭނޭފަދަ ވެއްޓެއް ގާއިމްކޮށްދެވޭވަރުގެ ސަރުކާރެއް ބޭނުންވާ ވާހަކައެވެ. މިއީ ދިވެހި ރައްޔިތުންގެ އަޑެވެ. ސަރުކާރުވައްޓާލަން ބަޢާވާތް ކުރާބައެއްގެ އަޑެއްނޫނެވެ. ރައްޔިތުން ގޮވަނީ އެބައިމީހުންގެ ހައްގުތައް ހޯދުމަށެވެ. މީހެއްގެ ހައްގަކުން މީހަކު މަހްރޫމްކުރާކަށްނޫނެވެ. މީހެއްގެތަރިކައެއް ނުހައްގުން ފޭރިގަންނާކަށް ނުމެ ނޫންމެއެވެ. ވަޢުދުނުފުއްދޭސަރުކާރެއް ބޭނުންނުވާތީއެވެ. ރައްޔިތުންނަށް އެބައިމީހުންގެ އަސާސިހައްގުތައް ފޯރުނުކޮށްނުދެވޭ ސަރުކާރެއް ބޭނުންނުވާތީއެވެ. އަމަލާއި ބަހާއި ދިމާނުވާ ސަރުކާރެއް ބޭނުންނުވާތީއެވެ (އިތުރަށް ވިދާޅުވޭ)
Jan 30, 2008, 21:11
News
:
Local News
އައްޑުއަތޮޅާއި މެޑެލް
އަޅުގަޑުމެންގެ ވެރިން ހަލާކުކުރަނީ ޚުދުއަޅުގަޑުމެންނެވެ. އެމީހުންނަށް އިތުބާރުކުރުމުގައި ހައްދު
ފަހަނައަޅައި ދަނީއެވެ. އެމީހުން ގޯސްކަމެއް ކުރކަމުގައިވިޔަސް މިއީރަގަޅުކަމެއްކަމަށްބުނެ ޚުޝާމަދުކޮށް ހައްދުންބޭރު ވެގެންދަނީއެވެ. ރައްޔިތުން އޮޅުވާލައިގެން ޖިބްރީލްހެދިގެން ދެފުށްދެގޮތް މުނާފިގުން ފަރުދާގެ ފުރަގަހުން ނެރެ އެމީހުންގެ ގޮތެއްފޮތެއްނެތް އަމަލުތައް ރައްޔިތުންނަށް ހާމަކޮށް ފަޞީހަތްކުރެވޭނެ ނަމަ މިހެނެއްނުވާނެއެވެ. މައުމޫނު އައްޑުއަތޮޅަށް އައުމުން އޭނާއަކީ މިއަތޮޅަށް ޓޫރިޒަމް ގެނަސްދިނުމުގެ އައްޕައޭކިޔާ އޭނައަށް މެޑަލްދޭކަށް ނުޖެހެއެވެ. (އިތުރަށް ވިދާޅުވޭ)
Jan 30, 2008, 00:08
News
:
Local News
ao
30 އަހަރު ދުވަހަށް އެއާޕޯޓު އިންޓަނޭޝަނަލް ނުކޮށް އޮތީ އައްޑޫ ރައްޔިތުން ނިކަމެތިކުރަން
މައުމޫނުގެ ވެރިކަމަށް 30 އަހަރު މިއަހަރު ފުރޭއިރު ގަމުގެ ވައިގެ ބަނދަރު ބައިނަލްއަގުވާމީ ބަނދަރަކަށް ނުހަދާ އޮތީ ހަމަ ސީދާ އައްޑޫ ރައްޔިތުން ނިކަމެތިކުރުމަށެވެ. މިއަދު މައުމޫނު ވައިގެ ބަނދަރޭ ދެންޖުހުނު އެއްޗެކޭ ކިޔާކަށް ރީއްޗެއްނޫނެވެ. 30 އަހަރުގެ ވެރިކަމުން ބަޔަކު ހާދާފައިވާ ދުނިޔޭގެ ފެންވަރުގެ ބަނދަރެއް އޭގެ ބޭނުން ހަމަ ގަސްތުގައި ނުހިފާ އޮތީ ރައްޔިތުންނަށް ދެރަ ދިނުމުގެ ނިޔަތުގައެވެ. (އިތުރަށް ވިދާޅުވޭ)
Jan 29, 2008, 14:34
News
:
Local News
Addu News
ރިޔާސީ އިންތިހާބުގައި މައުމޫނު ކުރިމަތި ލައްވަނީނަމަ އެ އިންތިހާބު ބޮއިކޮޓް ކުރަން ޖެހޭނެ!
ލިޔުނީ: އަނާ
އަންނަ ރިޔާސީ އިންތިހާބުގައި މައުމޫނު ކުރިމަތި ލައްވަނީނަމަ އެއިންތިހާބު ބޮއިކޮޓް ކުރަން ޖެހޭނެއެވެ. ސަބަބަކީ މައުމޫނަކީ އެމަގާމަށް ކުރިމަތި ލުމުގެ ޝަރުތު ހަމަވާ ބޭފުޅަކަށް ނުވާތީވެއާއި މައުމޫނު ކުރިމަތި ލައްވާނަމަ އެއީ ގާނޫނު އަސާސީ އާއި ހިލާފަށް ކުރާކަމަކަށް ވާތީއެވެ. (އިތުރަށް ވިދާޅުވޭ)
Jan 27, 2008, 17:07
News
:
Local News
ao news
މައުމޫނުގެ ނުފޫޒާއެކު ވޯޓު ލިޔަސް ކާމިޔާބެއް ނުކުރެވޭނެ - ޑރ. މުނައްވަރު
މައުމޫނުގެ ނުފޫޒާއެކު ވޯޓު ލިޔަސް (މައުމޫނަކަށް) ކާމިޔާބު ނުކުރެވޭނެކަމަށް އެމްޑީޕީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންތިގާލީ ސަރުކާރު ޕްރޮމޯޓްކުރަން ގުޅިފައިވާ އިއްދިހާދުން މިހާރު ކުރަމުންދާ ދެކުނު އަރުމާޒުގެ ދަތުރުގައި ޏ. ފުވައްމުލަކުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމުގެ ސަބަބެއް ކަމަށް މުނައްވަރު ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ މަޖިލިސް މެމްބަރުންވެސް ރަށްރަށަށް އައިސް ވޯޓު ހޯދަނީ މައުމޫނަށް ނުކުރެވޭ ކަންތައްތަކުގެ ވާހަކަ ދައްކައިގެންކަމަށްވާތީއެވެ.
(ތަފްސީލު)
Jan 26, 2008, 17:08
News
:
Local News
AO
ޑރ. އަފްރަޝީމް - މައުމޫނުގެ ކެމްޕެއިނަށް ތައްޔާރުކުރާ ބަރު ހަތިޔާރެއް
ދާދި ފަހުން މެލޭޝިޔާއިން ޕީއެޗްޑީ ނެގުމަށް ފަހު ރާއްޖެ އައިސްގެން އުޅޭ ޑރ. އަފްރާޝީމަކީ ސީދާ ރައީސް މައުމޫނުގެ ކެމްޕެއިނަށް ތައްޔާރުކުރާ ބަރު ހަތިޔާރެއްކަމަށް ވަރަށް ގިނަ މީހުން ދަނީ ބުނަމުންނެވެ. އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ ހިލާފު ގިނަގުނަ އެއްވެސް އަސްލެއް ނެތް ވާހަކަތައް ފަތުރަމުންދާ ޑރ. އަފްރަޝީމަކީ ދީނީ ނަސޭހަތްދިނުމުގެ ހުއްދަވެސް އޮތް މީހެއްނޫނެވެ.
Jan 26, 2008, 16:42
News
:
Local News
AO NEWS
މުސްކުޅިކުރަންޖެހޭ ދޮޅުހާހެއްހާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ރައީސް މައުމޫނުގެ ނަން!
ސިވިލް ސާވިސް ކަމިޝަނުން ދާދިފަހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ސަރުކާރުގެ ވަޒީފާއިން މުސްކުޅިކުރަންޖެހޭ ދޮޅުހާހެއްހާ މީހުން ވާކަމަށްވެއެވެ. މި ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ރައީސްމައުމޫނުކަމަށް ވަރަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ދިވެހި ރާއްޖޭގެ ސަރުކާރުގެ އެންމެ އިސްވަޒީފާ ކަމުގައިވާ ގައުމުގެ ރައީސްކަން މައުމޫނު ކުރައްވާތާ މިހާރު 30 އަހަރުވަނީއެވެ. (އިތުރަށް ވިދާޅުވޭ)
Jan 24, 2008, 22:01
News
:
Local News
VISION ADDU
ވިޝަން އައްޑޫ - އައްޑޫ އަތޮޅުގެ ތަރައްޤީއަށް ކުރެވޭ އެންމެ މުހިއްމު މަސައްކަތް
ވިޝަން އައްޑޫގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ޕްރްޖެކްޓަކީ މިހާތަނަށް އައްޑޫ އަތޮޅުގެ ތަރައްގީއަށް ކުރެވޭ އެންމެ މުހިއްމު މަސައްކަތެވެ. އައްޑޫ އަތޮޅުގެ އިޖްތިމާއީ އަގްތިސާދީ އުމްރާނީ ތަރައްޤީއަށް (އިތުރަށް ވިދާޅުވޭ)
Jan 23, 2008, 12:28